ޕިކަޕެއްގައި ރޯވެ ބިދޭސީއެއްގެ ފައި ފިހިއްޖެ

އދ. މާމިގިލީގައި "ރަށުޕިކަޕެއް" ގައި ރޯވެ ބިދޭސީއެއްގެ ފައި ފިހިއްޖެ އެވެ. ފުލުހުން ވިދާޅުވީ މިއަދު ހަވީރު ހިނގި މިޙާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި ކަމަށެވެ.

އަލިފާން ރޯވިތާ ގިނައިރު ތަކެއް ނުވަނީސް ނިއްވާލެވިފައިވާ ކަމަށް  ފުލުހުން ވިދާޅުވިއެވެ.

އެ ޕިކަޕްގައި ރޯވި ކަމަށް މިހާތަނަށް އެނގިފައިވަނީ އޭގެތެރޭގައި އިނދެގެން މީހަކު ސިގިރެޓު ބުއިމުގެ ސަބަބުންނެވެ. އޭގައި ރޯވިއިރު މަދިރި މަދުކުރުމަށް ބޭސްޖެހުމަށް ބޭނުންވާ ޑީސެލާއި ޕެޓްރޯލް އޭގައި ހުރި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ މިހާރުގެންދަނީ ތަޙުޤީގު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.