އިންތިޚާބަށް ސިފައިން ތައްޔާރުވެފައިވާ މިންވަރު މިނިސްޓަރ އޮޅުން ފިލުއްވައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަމުގައި ފުލުހުންނަށް އެހީތެރިވެދެއްވުމަށް ސިފައިން ތައްޔާރުވެފައިވާ މިންވަރު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިއަދު އޮޅުން ފިލުއްވައިފިއެވެ.

މިކަން އޮޅުންފިލުވުމަށްޓަކައި އެކަމަނާ މިއަދުވަނީ ސިފައިންގެ ޔުނިޓްތަކުގެ ކޮމާންޑަރުންނާ ބައްދަލު ކުރައްވައިފައެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންވެސް ވަނީ ތަމްރީންތަކެއް ހަދައިފައެވެ. ސަލާމަތީ ކަންކަމުގައި ފުލުހުން އެދިއްޖެ ޙާލަތެއްގައި އެހީތެރިވާން ސިފައިން ވެސް ވަނީ ތައްޔާރުވެފައެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާނެއެވެ. މި އިންތިޚާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 264،589 އެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ މިފަހަރުގެ އިންތިޚާބުގައި ކިއުގައި ގިނައިރު މަޑުކުރަން ނުޖެހޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.