އެޖެންޑާ ނަވާރަ އޮއްވައި އެހެން ގޮތަކަށް ވޯޓުދިނުމަކީ ހެޔޮވާވަރު ކަމެއްނޫން: ޙަސަން ލަތީފް

އެޕްރީލް ހަވަނަ ދުވަހު ރާއްޖޭގައި ބާއްވާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ އެޖެންޑާ 19 އޮއްވައި އެއަށް ވޯޓު ނުދީ އެހެން ގޮތަކަށް ވޯޓު ދިނުމަކީ ހެޔޮވާވަރު ކަމެއްނޫން ކަމަށް  އެމްޑީޕީގެ ޗެއާޕާސަން އަދި މިފަހަރުގެ އިންތިޚާބުގައި އެޕާޓީގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޒު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޙަސަން ވިދާޅުވީ އެޖެންޑާ 19 ގައި ކަންކަން ކުރާނެގޮތާއި ވަގުތާއި ކަންކަމަށްދާނެ ޚަރަދު ވެސް ވަރަށް ސާފުކޮށް އެނގޭނެ ގޮތަށް ހިމަނާފައިވާނެ ކަމަށެވެ. އެހާ ތަފްސީލްކޮށް އެޖެންޑާ 19 އޮތުމުން ރައްޔިތުންނަށް އޮޅޭނެ އެއްވެސް ކަމެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހަށް ކުރިމަތިލައިފައިވާ އެހެން ކެންޑިޑޭޓުން ނުވަތަ ޕާޓީތަކުން ކޮށްދޭނެ ކަންކަމާއި އެކަންކަން ކޮށްދޭނެ ގޮތަކާއި އެކަންކަމަށް ބޭނުންވާނެ ފައިސާ ހޯދާނެ ގޮތެއް ހާމަކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުންނަށް ކޮށްދޭނެ ކަންކަމާއި އެކަންކަން ކޮށްދޭނެ ގޮތެއް ބުނެނުދެވޭ ކަމަށްވާނަމަ ކުރިއަށްއޮތް ފަސް އަހަރުވެސް ނިމިގެންދާނީ  އެއްވެސް ކަމެއް އެފަދަ މީހުންނަށް ނުކޮށްދެވި ކަމަށް ޙަސަން ވިދާޅުވިއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓުދޭން ޖެހޭ ކަމަށެވެ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ މިފަހަރު ދީފި ކަމަށްވާނަމަ ރައްޔިތުންނަށް ބޯހިޔާވަހި ކަމާއި ވަޒީފާގެ ފުރުސަތު ތަކާއި، އެންމެ ކުޑައުޖޫރައާއި، ދަރިވަރުންގެ ދަރަނި ކުޑަވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރަށް ނަޒާޙަތްތެރި މަޖިލީހެއްވެސް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Kalo hasana agenda 19 akee allaah ge amru fulhakee tha e noon gothakah vote dheyn heyo nuvaa née thi agenda 19 Othee kon eche kan engenee aammun ge tere in kitha meehuna baa
    Ayala allaah mIhaku gandu inthikhaabu ga votun bali kuravva shi

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.