މަޖިލީސް މެމްބަރުންގެ ކޮއްތަށް ދުވާލަކު ސާދަ ހާހެއްހައި ރުފިޔާ ޚަރަދުވޭ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ަޖިލީސް މެމްބަރުންގެ ކޮއްތަށް ދުވާލަކު ސާދަ ހާހެއްހާ ރުފިޔާ ޚަރަދުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ކޮއްތަށް، ކޮންމެ މެމްބަރަކަށް ދުވާލަކު 159.88 ރުފިޔާ ހަރަދުވާ ކަމަށެވެ. މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، ޖަލްސާ އޮންނަ ކޮންމެ ދުވަހަކު، މެމްބަރުންގެ ކޮއްތަށް ދުވާލަކު 13،909.56 ރުފިޔާ ހަރަދު ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މިކަން ހާމަކުރެއްވީ މެމްބަރުންގެ ކޮށްތަށް ހަރަދުވާ މިންވަރު ސާފުކޮށްދިނުމަށް އެދި މަޖިލީހުގެ އިދާރާއަށް އާންމު ފަރާތަކުން ސިޓީއެއް ފޮނުވާފައިވާ ކަން މެމްބަރުންގެ ސަމާލުކަމަށް ގެންނެވުމަށްފަހުގައެވެ.

ކޮންމެ މެމްބަރަކަށް ކޮށްތައް ދުވާލަކު 159.88 ރުފިޔާ ޚަރަދުވި ނަމަވެސް މެމްބަރުންގެ ކޮއްތުން ބައެއް، މަޖިލީހުގެ މުވައްޒަފުންނަށް ވެސް ދެއްވާ ކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ އަގަށް ލިބެންވާ ކޮއްތުގެ ކުޑަ މިންވަރެއް މަޖިލިސް މެމްބަރުންނަށް މަދުވާނެ ކަމަށް ވިދާޅިވިއެވެ.

މަޖިލީސް މެމްބަރުންނަށް ކޮއްތު ދިނުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް، މެމްބަރުންނަށް ނުވަތަ ރާއްޖޭގެ ރައްޔިތުންނަށް ފެންނަނަމަ، އެކަމަށް ވެސް މަޖިލީހުގެ ތެރެއިން ހައްލު ހޯދި ދާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ތާރީހުން ފެންނަން އޮތް ގޮތުން، ޤާނޫނު ހަދާ މަޖިލީހެއް އުފެދިގެން އައުމުގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ ބޮޑުން އެކުގައި ސައި ބުއިން ކަމަށް ފާހަގަ ކުރެއްވޭކަމަށް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވ. މަޖިލީހުގެ އިދާރާގައި ހުރި ރައްޔިތުންގެ މަޖިލީހުގެ ތާރީޚީ ފޮޓޯތަކުން ވެސް މިކަން ހާމަވާކަނަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ދުވަސް ދުވަހުގެ ކޮށްތަށް ހޭދަވާވަރު މަޖިލީހުގެ ރައީސް ހާމަކުރެއްވި ނަމަވެސް ޖަލްސާ އޮންނަ ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހު ކޮމެޓީގެ ބައްދަލުވުން ތައް އޮންނަ އިރު ކޮފީ ފަދަ ބުއިންތަކަށް ދާ ޚަރަދު މަޖިލީހުގެ ރައީސް ހާމައެއް ނުކުރައްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.