އެޕްރީލްމަހު ތިނެއްގެ ނިޔަލަށް އޮފިޝަލުން ތަމްރީންކޮށް ނިމޭނެ: އީސީ

އެޕްރީލްމަހު 6 ދުވަހު ބޭއްވުމަށްހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބޭނުންވާ އޮފީޝަލުން ތަމްރީންކޮށް އަންނަމަހުގެ ތިނެއްގެ ނިޔަލަށް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ މިހާރުވެސް އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް އެކިސަރަޙައްދުތަކުގައި ކުރިއަށްދާ ކަމަށެވެ. ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ރިޒާވް ޕޫލާއެކު ޖުމްލަ ފަސްހާހެއްހާ އޮފިޝަލުން ތަމްރީން ކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓާ ޤައުމުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ވެސް ހިމެނެއެވެ.

އަކުރަމް ވިދާޅުވީ އެޕްރީލް ތިނެއްގައި އެމަސައްކަތް ނިމުނަސް ތަމްރީން ކޮށްފައިވާ އޮފިޝަލަކަށް ނާދެވޭނެފަދަ ޙާލަތެއް މެދުވެރިވެއްޖެ ކަމަށްވާނަމަ އެންމެ ފަހު ދުވަހުވެސް އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެހެންނަމަވެސް އެމަސައްކަތަކީ ރަސްމީކޮށް ކުރިއަށް ގެންދާ މަސައްކަތެއް ނޫންނެވެ.

އަކުރަމް ވިދާޅުވީ ވަރަށްގިނަ ފަހަރަށް ބަލިވެގެން ނުވަތަ އެހެން ސަބަބެއް މެދުވެރިވެގެން އޮފިޝަލުންނަށް ނާދެވޭ ފަހަރު އާދޭ ކަމަށެވެ. އެފަދަ ގޮތަކަށް ޢާއްމުކޮށް ދިމާވަނީ މާލެ ފަދަ ތަންތަނުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.