ޓޫރިޒަމް ދާއިރާއިން އާ ކުންފުޏެއް އުފައްދަވައިފި

02-maldives-centara-ras-fushi-resort-maldives-beach-2000x925

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޓުއަރިޒަން ދާއިރާއިން އާ ކުންފުންޏެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސް މި އާކުންފުނި އުފައްދަވާފައިވަނީ ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް ކުރަމުންދާ މަންފާ އިތުރުކުރުމުގެ މަޤުސސަދުގައެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން ގެ ނަމުގައު އުފެއްދެވި މިކުންފުންޏަކީ ކުންފުންޏާބެހޭ ޤާނޫނުގެދަށުން އުފެއްދެވި ކުންފުންޏެއްކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ. މި ކުންފުނީގެ މަޤުސަދަކީ މެދުފަންތީގެ ޓޫރިޒަމް ރާއްޖެއަށް ތަޢާރަފްކޮށް ހިންގުމެވެ.
މިދާއިރާއިން އާކުންފުންޏެއް ސަރުކާރުން އުފެއްދެވިއިރު މިހާރުވެސް އެމްޓީޑީސީ ގެ ނަމުގައި ޓުއަރިޒަމް ދާއިރާގެ ސަރުކާރުގެ ކުންފުންޏެއް އެބައޮތެވެ. އެހެންނަމަވެސް އެކުންފުނި އެދެވޭގޮތުގައި ކުރިއަށް ގޮސްފައެއްނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.