ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފި

ވޯޓާސް ލިސްޓުގައި އީސީގެ ފަރާތުން ސޮއި ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ސޮއި ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްދަނީ މިއަދުން ފެށިގެން މިމަހުގެ 26 ނިޔަލަށެވެ. ސޮއިކުރުން އޮންނާނީ ބައުޖަމާލުއްދީން ސްކޫލުގައި ހުންނަ އިންތިޚާބާބެހޭ މައިމަރުކަޒުގެ ހޯލުގައި ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ވިދާޅުވިއެވެ.

ފައިނަލް ލިސްޓުގައި ސޮއިކުރައްވާނީ ކެންޑިޑޭޓު ނުވަތަ ކެންޑިޑޭޓު އައްޔަން ކުރާ ބޭފުޅެކެވެ.

ވޯޓާސް ލިސްޓުގައި މިއަދު ސޮއި ކުރުން ކުރިއަށްދާނީ ހެނދުނު 8:30 އިން 22:30 އަށެވެ. މާދަމާ ހަމަ އެވަގުތުގައި ސޮއިކުރުން ކުރިއަށްދާނެއެވެ. އަންގާރަ ދުވަހު ސޮއިކުރުން އޮންނާނީ ހެނދުނު 8:30 އިން 15:00 އަށެވެ.

މިފަހަރުގެ އިންތިޚާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ކުރިމަތިލައްވައިފައިވެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި 500 އަށްވުރެ ގިނަ ވޯޓުފޮށި ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު 264،589 މީހުންނަށް ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.