އެންއައިސީއަށް މެމްބަރަކު އައްޔަން ކުރުމަށް 4 ބޭފުޅެއްގެ ނަން މަޖިލީހަށް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އައްޔަން ކުރުމަށް 4 ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ވަނީ، ޝުޢައިބު ޢަބްދުއްރަޙްމާން، ދަފްތަރު ނަންބަރު 1188 އާއި  ކާނަލް ރިޓަޔަޑް އަޙްމަދު ޖިހާދު، ވ. ދިވެތި އާއި ޑރ. މަރްޔަމް ޝަހްނީޒާ ނަޞީރު، ތިލަދޫ، ހއ. ދިއްދޫ އާއި  ޙައްވާ ލީޝާ، ގ. ތުނޑިވެލި ހިމެނިވަޑައިގަންނަވައެވެ.

މިނަންފުޅުތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.