ހޯރަފުށީގައި ސައިކަލެއްގައި ރޯކޮށްލައިފި

ހއ. ހޯރަފުށީ ނީސްގެ ކައިރީގައި ބަހައްޓައިފައިހުރި ސައިކަލެއްގައި މިއަދު ރޯކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިދާޅުވެފައިވަނީ މި ޢަމަލު ހިންގާފައިވަނީ މިއަދު 15:37 އެހައިކަންހާއިރު ކަމަށެވެ.

މި ކަމުގެ ތުހުމަތު ކުރެވޭނެ މީހަކުން ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާ ބަންދުކޮށްފައިވަނީ ކޯޓު އަމުރެއް ހޯދައިގެންނެވެ. ބަންދުކޮށްފައިވަނީ ޢުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

މިޙާދިސާގައި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިއްޔެރޭ މާލޭގައި ވެސް ވަނީ 7 ސައިކަލެއްގައި އަލިފާން ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދައިފައެވެ. އެ ކަން ކޮށްފައިވަނީ ހެލްމެޓު އަޅައިގެންތިބި ދެމީހެކެވެ. އެ ޙާދިސާގައި އިތުރު ދެ ސައިކަލަކަށް ވެސް ވަނީ އަލިފާނުގެ އަސަރު ފޯރައި ކޮންމެ ވެސް ވަރަކަށް ހަލާކުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.