ކެމިކަލް ގުދަންތައް ބަލައި ފާސް ކުރަން ފަށައިފި

މާލޭ ސިޓީގައި ހަދާފައިވާ ކެމިކަލް ގުދަންތައް ބަލައި ފާސް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެމްއެންޑީއެފުން އެމަސައްކަތް ފަށައިފައިވަނީ މިއަދު ކަމަށެވެ.

މި މަސައްކަތުގެ ދަށުން 126 ގުދަނެއް ބަލައި ފާސްކުރާނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާ ވަރަކުން ތަފްސީލް ދެއްވާނެ ކަމަށެވެ.

ކެމިކަލް ރައްކާކުރާ ގުދަންތައް މީހުންދިރި އުޅޭ ސަރަޙައްދުގައި ނުވަތަ ގެތަކުގައި ހެދުމަކީ ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެ ކަމަށް ކުރިން ވެސް ބެލެވިފައިވާ ކަމެކެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކުވަނީ ނިޔާ ވެފައެވެ. 400 އަށްވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ހިތާމަވެރި އެ ޙާދިސާގައި ހަތް ގެއަކަށްވަނީ އަލިފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. މީހުންގެ މުދާތަކަށް ވަނީ ފޫބައްދަން ދަތިވާވަރުގެ ގެއްލުން ވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.