ގުރައިދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ފަރަޙް، ޣައްސާން މައުމޫނަށް ތާއިދު ކުރަން ނިންމައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތ. ގުރައިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހީމް ފަރަޙް (ކެންޑިޑޭޓް ނަމްބަރ 3) ޣައްސާން މައުމޫނަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

ޣައްސާން މައުމޫނަކީ ޕީޕީއެމް ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެވެ. ޣައްސާންގެ ކެމްޕޭން ޓީމުން ވިދާޅުވީ މިރެއިން ފެށިގެން ފަރަޙް މަސައްކަތް ކުރާނީ ޣައްސާނާ އެކުގައި ކަމަށެވެ. އަދި ފަރަހް އަށް ތާއިދު ކުރައްވާ އެންމެން ވެސް ޣައްސާނަށް ތާއިދުކޮށް ދެއްވައި ވޯޓު ދެއްވުމަށް ފަރަފް ވަނީ އެދިފައެވެ.

ޣައްސާން މައުމޫން ގެންދަވަނީ ގުރައިދޫ ދާއިރާގައި ހިމެނޭ، ގުރައިދުއާއި، ދިޔަމިގިއްޔާއި، ގާދިއްފުށީގެ އިތުރަށް މާލޭގައި ވަރުގަދައަށް ކެމްޕޭން ކުރައްވަމުންނެވެ.

"މާޒީއަށް ބަލާއިރު މަޖިލީހުގައި ގުރައިދޫ ދާއިރާ ތަމްސީލްވަމުން ދިޔަ ގޮތާމެދު އެދާއިރާގެ ގިނަ ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައިކަން އެމީހުން ދަނީ ހާމަކުރަމުން. އެ މީހުން ބޭނުންވަނީ ޣައްސާން މައުމޫން ފަދަ ވަރުގަދަ ލީޑަރެއް،" ޣައްސާންގެ ކެމްޕޭން ޓީމުން ވިދާޅުވިއެވެ.

ޣައްސާނަށް ތާއިދު ކުރަން ފަރަޙް ނިންމިކަން ހާމަ ކޮށްފައިވަނީ މާލޭގައި ހުންނަ ޣައްސާންގެ ކެމްޕޭން ޖަގަހައިގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާ ޣައްސާނަށް ތާއިދު ކުރަން ނިންމުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށްވެސް ޣައްސާންގެ ކެމްޕޭން ޓީމުން ވިދާޅުވިއެވެ.

ފަރަޙް ޣައްސާނަށް ތާއިދު ކުރައްވަން ނިންމެވުމުން ޣައްސާން ވަނީ އޭނާއަށް ޝުކުރު އަދާކުރައްވައިފައެވެ. "ފަރަޙް ތިޔަ ނިންމެވި ނިންމެވުމަށް ޕީޕީއެމްގެ ނަމުގައާއި އަޅުގަނޑުމެން އެންމެންގެ ނަމުގައި ވަރަށް އިޚުލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން،" ޣައްސާން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.