ޝިމާގެ ކޮއްކޮ ގޮވައިގެން ދަނިކޮށް ފަޒީލް ބަންދު ކޮށްފި

ޝިމާގެ ކޮއްކޮ ގޮވައިގެން ދަތުރުކުރި ކަމަށް ބުނާ ޑިންގީ: ފޮޓޯ ވަގުތު

ފެބުރުއަރީ 22 ވަނަ ދުވަހުގެރޭ ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިފައިވާ އާމިނަތު ޝިމާ ނާފިޒު ގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި މިއަދު ދަނިކޮށް އިބްރާހީމް ފަޒީލާއި އިތުރު ދެމީހަކު ބަންދުކޮށްފިއެވެ.

ފަޒީލަކީ  ޝިމާ ގެއްލުނު ޑިންގީ ބަންޑުޖަހާލި އިރު އެ ދުއްވަން ހުރި މީހާއެވެ. ފުލުހުން އެމީހުން ބަންދުކޮށްފައިވަނީ ސިކްސް ސެންސަސް ރިސޯޓު ކައިރިން ދަތުރު ކުރަނިކޮށްނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝިމާގެ ކޮއްކޮ ގޮވައިގެން ދަތުރު ކުރި މީހުންތިބީ މޫނު ނިވައިކޮށްގެންނެވެ.

ޢުމުރުން 19 އަހަރުގެ ޝިމާ ގޮވައިގެން ފަޒީލް ޑީންގީގައި ދަތުރުކުރަނިކޮށް އެ ބަންޑުންޖަހައިލީ ވެސް ސިކްސް ސެންސް ރިސޯޓުކައިރިއަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. ޝިމާއަތަށް ހަމަކާއި ފޯނެއް ދީފައި ފަޒީލް ފަތާމަފައި އެރީ ވެސް އެރޮސޯޓަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެޙާދިސާގައި އަދި ވެސް ޝިމާގެ ހިލަމެއް ވެސް ޑިންގީގެ ހިލަމެއް ވެސް ނުވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ލ. މާމެންދޫން އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް މިއަދު ހަވީރު 4:00 ގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އެކަމާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.