އިންޖީނު ހުއްޓުނު ދޯންޏެއް ކޮޅުފުށްޓަށް ގެންދަނީ 

ފަސް މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް އިންޖީނު ހުއްޓުމުން މ. ކޮޅުފުށްޓަށް ދޯނި ގެންދިޔުމުގެ މަސައްކަތް ފަށައިފިއެވެ. އެ ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ތ. ވިލުފުށީ އުތުރުން 9 ނޯޓިކަލް މޭލު ބޭރުންނެވެ. "އޯޝަން ރައިޑަރ" ކޮޅުފުށްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ގެންދަނީ ދޯނީގެ ވެރިފަރާތާއި ސިފައިންނާ ގުޅިގެންނެވެ. ދޯނި އެރަށަށް ގެންދަނީ އެހެން އުޅަނދެއްގެ ކަފުށް ޖަހައިގެންނެވެ.

މި ދޯންޏަކީ މާލެ އިން ފުރައިގެން ދިޔަ ދޯންޏެކެވެ. އޭގެ ބޮޑު މިނަކީ އަށްޑިހަ ފޫޓެވެ. ސަޕްލައި ދޯނި ދަތުރު ކުރަމުންދިޔައީ ކޮންތާކަށް ކަމެއް އެނގިފައެއް ނުވެއެވެ. ދޯނިން ދަތުރުކުރި އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.