އައްޑޫ ރައްޔިތުންނަށް އުންމީދުތަކެއް ދެއްވުމަށްފަހު ރައީސް ފުރައިވަޑައިގެންފި

އައްޑޫސިޓީގެ އިންތިޚާބީ ހަތްދާއިރާއިން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ 7 ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަށްޑުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭގެ ވަގުތެއްގައި މަލޭ ވަޑައިގެންފިއެވެ.

ރައީސް އައްޑުއަށް ވަޑައގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އައްޑޫއިން ފުރައިވަޑައިގެންނެވީ އައްޑޫގެ ރައްޔިތުންނަށް ވަރަށް އުންމީދީ ވާހަކަތަކެއް ޙިއްސާކޮށްދެއްވުމަށްފަހުގައެވެ. އަދި އައްޑުއަށް 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް އޮތްވާހަކަވެސް ރައީސް ވަނީ އިޢުލާން ކުރައްވައިފައެވެ.

އެމަޝްރޫޢުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި 17 ކިލޯމީޓަރުގެ މަގު ހެދުމާއި، އާއްޑޫގެ ފަތުރުވެރިކަމަށް 8000 އެނދު އިތުރުކުރުމާއި، އައްޑުއަށް ބިން އިތުރު ކުރުމާއި، އައްޑޫ ޕޯޓު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރުމާއި، މަސް ބަނދަރާއި، މަސް ޕްރޮސެސް ކުރާ ފެކްޓްރީއެއް ހެދުމާއި، ކަރަންޓު މައްސަލަ ޙައްލު ކޮށްދެއްވުމާއި، ސްޕޯޓްސް ކޮމްޕެލެކްސްއެއް ހެދުމާއި، ސްވިމިން ޕޫލާއި، ފުޓުބޯޅަ ސްޓޭޑިއަމެއް އެޅުމާއި، ރާއްޖޭގެ އެންމެބޮޑު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު އައްޑޫގައި އަޅުއްވައި ދެއްވުމާއި، ބޯހިޔާ ވަހިކަމުގެ މަޝްރޫޢެއް ހިންގެވުމާއި، 2000 މީހުންނަށް ނަމާދު ކުރެވޭ ވަރުގެ މިސްކިތަކާއި، ލައިބްރަރީ ހިމެނޭ ގޮތަށް އިސްލާމިކް ސެންޓަރެއް އެޅުމާއި، ގުދުދަރަތީ ވަސީލަތްތަކުން ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭނެ ގޮތް ހެދުމާއި، ޙިމާޔަތް ކޮށްފައިވާ ތަންތަން ޔުނެސްކޯގެ މިންގަނޑަށް ހެރިޓޭޖް ސައިޓްތަކަކަށް ކަނޑައެޅުއްވުން ހިމެނެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.