މޯދީ އަށް ނިޝާން ޢިއްޒުއްދީންގެ ލަޤަބު އަރުވަން ނިންމެވީ ރާއްޖޭގެ ތަރައްގީއަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުގެ އަގު ވަޒަންކުރުމުގެ ގޮތުން

ފޮޓޯ: ރައިސް އޮފީސް

ދިވެހި ދައުލަތުން މިހާރު ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް މޯދީ ދެއްވާ އަހައްމިއްޔަތުގެ ސަބަބުން ކަމަށް ރައީސް އޮފީހުން ހާމަކުރައްވައފިއެވެ.

ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި ހާމަކުރައްވާފައިވާ ގޮތުގައި މޯދީ އަށް މި ލަގަބު އެރުވުމަށް ރައީސް ނިންމެވީ "ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ޤައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވާ ޚާއްޞަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ."  

މި ޢިއްޒަތް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވުން އޮންނާނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ޚާއްޞަ ރަސްމިއްޔާތުގައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، މީގެކުރިން ބޭރުގެ ބައެއް ޢިއްޒަތްތެރިންނަށް ވަނީ އަރުވާފައެވެ. އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އަރލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސަރ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ. މީގެއިތުރުން 2 ޑިސެންބަރު 2009 ގައި ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދަށް، އަދި 4 ޖޫން 2013 ގައި ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހަށް މި ޢިއްޒަތް އަރުވާފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ކިހިނެއްތޯ ވާނީ ތިލަޤަބް ދިނުމުގެ ކުރިން އިސްލާމްދީން ޤަބޫލް ކުރުމަށްއެދި މޯދީ އަށް ދައުވަތު އެރުވުން ދިވެހި ރައްޔިތުންގެ ފަރާތުނ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.