ރައީސްގެ ކާރުކޮޅަށް ފެން އެއްޗެއް އޮއްސާލި މައްސަލައެއް ބަލަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކާރުކޮޅަށް ފެންއެއްޗެއް އޮއްސާލި މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކާރުކޮޅަށް ފެންއެއް އެއްޗެއް އޮއްސާލީ މިއަދު ހެނދުނުއެވެ. އެ ހާދިސާ ހިނގިއިރު ކާރުކޮޅުގައި އިންނެވީ ޑްރައިވަރެވެ. ރައީސް ހުންނެވީ އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރ ހަރުކުރެއްވުމުގެ މަސައްކަތް ޕުޅުގައި ކަމަށް މައުލޫމާތު ލިބިފައެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ހެންވޭރުގައެވެ. "މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅު މައްޗަށް ހެންވޭރު ގެއެއްގައިހުރި އިމާރާތެއްގެ އެޕާޓުމަންޓަކުން ފެންއެއްޗެއް ބަންޑުންކޮށްލި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވޭ. މި ހާދިސާ ހިނގި ވަގުތު ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަނި. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.