ތޫނުއެއްޗަކުން ހަމަލާދީ ފައިސާތަކެއް ފޭރިގެންފި

އެސްބީއައި ކަރިން ހިނގާފައި ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ފައިސާތަކެއް ފޭރިގެންފިއެވެ.

އެފައިސާތައް ފޭރިގެންފައިވަނީ ހެލްމެޓު އަޅައިގެންތިބި 4 މީހެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ 4 މީހުން އައީ ދެ ސައިކަލެއްގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ މީހާ އަތުން ފޭރިގެންފައިވާ ފައިސަތަކަކީ އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފައިސާ ޖަމާކުރަންދިޔަ މީހާގެ އަތުން ފައިސާ ފޭރިގެންފައިވަނީ ތޫނު އެއްޗަކުން އޭނާއަށް ޙަމަލާ ދީފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ މީހާ އަތުން ފައީ ފޭރިގެން އެ 4 މީހުން ވަނީ ފިލައިފައެވެ. ފައިސާ ޖަމާކުރަން ދިޔަ މީހާ މިހާރުވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:53 އެހައިކަންހާއިރުއެވެ.

ފުލުހުން މިހާރު ގެންދަނީ ފައިސާތައް ފޭރިގެން ފިލި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެމީހާ އަތުން ފޭރިގެންފައިވަނީ ކިހާ ފައިސާއެއް ކަމެއް އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.