ތިންކޭސް ނޫޑުލްސް ވަގަށްނެގި މީހަކު ބަންދުކޮށްފި

މާލޭ ބާޒާރުމަތީ މަސްމާރުކޭޓު ސަރަޙައްދުގެ ފިހާރައަކުން ތިން ކޭސް ނޫޑުލް ވަގަށް ނެގި ކަމުގެ ތުހުމަތުގައި 37 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ބަންދުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެމީހާ އުޅުނީ އެތަކެތި ހިފައިގެން ގޮސް އުތުރު ހާބަރު ފަޅުތެރޭގައި އޮތް ބޯޓަކަށް އަރުވަން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމީހާ ބަންދު ކުރުމަށްފަހު ބަލައި ފާސްކުރިއިރު އެމީހާ ލައިގެންހުރި ޖީންސްގެ ޖީބުން 2 ފޯނާއި، ވޮލެޓަކާއި، ލަގެޖު ކައްޓާއެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެތަކެއްޗަކީ ހެންވޭރު ގެއަކުން ވަގަށް ނަގައިފައިވާތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.