ރައްޔިތުންނާ ހަމައަށް އަޅުގަނޑުގެ އަޑު އިއްވަން ފުރުސަތު ދެއްވާ: ޢުމަރު

ރައްޔިތުންނަށް ވަރަށް މުހިންމު މެސެޖެއް ދެއްވަން ބޭނުންފުޅުވާ ކަމަށާއި އޭގެ އަޑު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދެއްވުމުގެ ފުރުސަތު އޭނާއަށް ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޢުމަރު މިހެން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އޭނާ ހިންގަވަމުން ގެންދަވާ "ހިމޭން ޙަރަކާތް" ބާއްވާނެ އެއްވެސް ތަނެއް ސަރުކާރުން ނުދެއްވުމުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެ ޙަރަކާތާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ދަރުބާރުގެ ހަމަޖައްސަވައި ދެއްވުމަށްފަހު ސަރުކާރުން ފަހުން ވަނީ އެތަން ލިބެންނެތް ކަމަށް އަންގަވައިފައެވެ. އެފަހުން އެހެން އެއްވެސް ތަނެއް ސަރުކާރުން ނުދެއްވި ކަމަށް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު މިހާރު ނިންމަވާފައިވަނީ އަންނަ ހުކުރުވިލޭރޭ އާޓިފިޝަލް ބީޗުގައި އެ ޙަރަކާތް ބޭއްވުމަށެވެ. އެރޭ ރައްޔިތުންނަށް ވަރަށް މުހިންމު މެސެޖެއް ދެއްވާނެ ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާބެހޭ ގޮތުން ވަރަށް ތަފްސީލީ މަޢުލޫމާތު ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަޑުގެ އަޑު ރައްޔިތުންނާ ހަމައަށް ފޯރުވިޔަ ދެއްވާ. އެވާހަކަތައް އަޑު އައްސަވާފައި ސަރުކާރުން ވެސް ވިދާޅުވާންވީ އަޅުގަނޑު އެދެއްކީ ދޮގުވާހަކައެއްނަމަ ދޮގެކޭ. އޭރުން އަނެއްކާ ވެސް އަޅުގަނޑުގެ ވާހަކަ ތެދުކަން ހާމަކޮށްދޭނަން. އަޅުގަނޑު ދޮގެއް ނުހަދާނަން. ރައްޔިތުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތެއް ނޫނީ ނުދޭނަން،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ މަގުތަކަށް ނުކުމެ މަގުތައް ހަލަބޮލިކުރަން އޭނާ ބޭނުންފުޅު ނުވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އިތުރު ގޮތެއް ނުދައްކަވައިފިއްޔާ "ގެރިކޮށް ވެސް ކުޅެން ތައްޔާރު" ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ކެރޭނެ މެގަފޯން ހިފައިގެން ޗާންދަނީ މަގަށް ވެސް އަދި ކޮންމެ ތަނަކަށް ވެސް ނުކުންނަން. އެހެންނަމަވެސް އެފަދަ ކަމެއް ކޮށްގެން މަގުތައް ހަލަބޮލި ކުރަން ބޭނުންނުވާތީ މިކިޔަނީ އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާށޭ،" ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Umar hee kuraanee Umar akee varah bodu meeheh kamah . Thiyaee maa urappeh hurimeeheh noon kamah saboteurs vanee 2008 ga Raees kamah kurimati laigen rayyithun dhin vote in. E hisaabun feshigen evves inthikhaabakah kurimati Lakshmi nukerey. Inthikhaabakun evves dhaan Raa akah kurimati leema dho ingeynee rayyithun Umairu balaa Ganna vareh. Thihen adhi fuppiyas kaheruvakekey ves hee eh nuvey.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.