މ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި

މ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރަށްރަށަށް މެޓު އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓު ނެރެފައިވަމީ މިއަދު ހެނދުނު 6:00 އިން މެންދުރު 12:00 އާ ހަމައަށެވެ.

މެޓުން ވިދާޅުވެފައިވަނީ އެ ވަގުތުގައި އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އެހެންނަމަވެސް ވައިގަދަވާނެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ.

ރާއްޖޭގެ މޫސުމަށް ޢާއްމު ގޮތެއްގައި ބަލާއިރު މެދުތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވިދާޅުވެފައިވެއެވެ. އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެހެންނަމަވެސް ޢާއްމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިރުއުތުރާއި އިރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.