މަނަދޫ ކުނިކޮށީގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދަނީ

ނ. މަނަދޫ ކުނިކޮށީގައި ވަރަށްބޮޑަށް ރޯވެ އަނދަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައިފިއެވެ. ފުލުހުން ވިދާޅުވީ ކުނިކޮށްޓާ ޖެހިގެންހުރީ "ނަރުދަމާ ބިލްޑިން" ކަމަށާއި އަލިފާނުގެ އަސަރު އެތަނަށް ކުރިޔަނުދޭން ފުލުހުންނާއި ރަށުކައުންސިލް ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އަލިފާން ނިއްވާލާނެ ވަސީލަތެއް އެރަށުގައި ނެތުމުން ސޮނޭވާގިލި ރިސޯޓުގައި އެދިގެން އެރިސޯޓުން ވަނީ ޕަމްޕަކާއި، އަލިފާން ނިއްވާ މީހުން މަނަދުއަށް ފޮނުވައިފައި ކަމަށެވެ. ފުލުހުންނާއި ކައުންސިލްގެ ޓީމާ ގުޅިގެން ރިސޯޓުން އައި ޓީމް ވެސް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މަނަދޫ ކޮނިގޮނޑަކީ އާންމުން  ދިރިއުޅޭ ސަރަޙައްދާ ވަރަށް ދުރުގައި އޮންނަ ތަނެކެވެ. އެހެންކަމުން އާންމުންނަށް އަލިފާނުގެ އަސަރެއް ނުކުރާނެއެވެ. ފުލުހުން ވިދާޅުވީ އަލިފާނުގެ މި ޙާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 9:15 ގައި ކަމަށެވެ. ގުޅިގެން ކުރި މަސައްކަތުން މިހާރުވަނީ އަލިފާން ނިއްވާލެވިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.