ރައީސް މައުމޫނުގެ ކެމްޕޭން ޝިޢާރަކީ "މާއްދާ ހަތަރެއް": ތަޒްމީލް

ތަޒުމީލް މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ: ފޮޓޯ އެމްއާރުއެމް

އެޕްރީލްމަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކޭމްޕޭން ޝިޢަރަކީ "މާއްދާ 4" ކަމަށް އެމްއާރުއެމުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ މަޖިލީސް އިންތިޚާބުގެ ތަރުޖަމާނު ތަޒްމީލް ޢަބްދުއްޞަމަދު ވިދާޅުވީ އެ ޝިޢާރުގެ ދަށުން ވަރަށް އަވަހަށް ކެމްޕޭން ފަށްޓަވާނެ ކަމަށެވެ. މާއްދާ ހަތަރަކީ ދައުލަތުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާ މާއްދާއެވެ. އެބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ބުނެފައިވެއެވެ. މިއާ ގުޅުވައިގެން ތަޒްމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވެސް ތިއްބަވަނީ ރައްޔިތުންގެ މަންދޫބުން ކަމަށެވެ.

އިންތިޚާބީ 87 ދާއިރާގެ ތެރެއިން އެމްއާރުއެމުން ވަނީ 11 ދާއިރާއަކަށް ވާދަ ނުކުރައްވަން ނިންމަވައިފައެވެ. އެހެންނަމަވެސް މިހާތަނަށް އެމްއާރުއެމްގެ ނަމުގައި އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ކަށަވަރުވެފައިވަނީ 24 ކެންޑިޑޭޓުންނެވެ. ތަޒްމީލް ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހަޅަން ހުޅުވާލައިފައިވާ މުއްދަތު ހަމަވާއިރު އެ ޢަދަދު ދެގުނަވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.