ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މިއީ މަޖިލިސް އިންތިޚާނަށް މިކޮމިޓީ އެކުލާވާލި ފަހުން ބޭއްވި ދެވަނަ ބައްދަލުވުމެއެވެ. މި ބައްދަލުވުމުގައި ދައްކާފައިވާ ވާހަކަތަކުގެ މަޢުލޫމާތުގެ ތަފްސީލް ނުލިބެއެވެ. އެހެންނަމަވެސް ކުރިއަށް އޮތް އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތާއި ކަންބޮޑުވުންތަކާ އަދިވެސް އެފަދަ ކަންކަމާބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަޖިލީސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލްމަހު 6 ވަނަދުވަހުއެވެ. އިންތިޚާބު ކައިރިވެފައިވާއިރު އެންކަށީގެންވާ ޢަދަދަށް އަދި އޮފިޝަލުން ވެސް ލިބިފައެއް ނުވެއެވެ. އޮފިޝަލުން ހޯދަން އިލެކްޝަނުން ދެފަހަރު އިޢުލާން ކޮށްގެންވެސް ރަނގަޅު ތަރުޙީބެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަނީ ޕާޓީތަކުގެ އެހީތެރިކަން ހޯދަމުންނެވެ.

މި އިންތިޚާބުގައި ޖުމުލަ 2،64589 މީހުންނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިންވަނީ ވިދާޅުވެފައެވެ. މިފަހަރު ޖުމްލަ 87 ދާއިރާއަކަށް ވާދަކުރުމަށް އިލެކްޝަނުން ވަނީ ހުޅުވާލައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.