ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓު ކުރާނޭ ވެބްސައިޓެއް ސަރުކާރުން ހުޅުވައިފި

ވަކި މީހަކު ސިއްރު ކޮށްގެން ހުރެ ކޮރަޕްޝަންގެ މައްސަލަ ރިޕޯޓު ކުރާނޭ ވެބްސައިޓެއް ސަރުކާރުން އަންގާރަ ދުވަހު ހުޅުވައިފިއެވެ. މި ވެބްސައިޓުގެ ނަމަކީ www.whistleblower.gov.mv އެވެ.

ކޮރަޕްޝްނުގެ ކަމެއް އެއްވެސް ތަނެއްގައި ހިނގާ ކަމަށް ޝައްކު ކުރެވިއްޖެ ނަމަ މި ސައިޓަށް ވަދެ ރިޕޯޓު ކުރެވޭނެއެވެ. ރިޕޯޓު ކުރާމީހާގެ ނަން ނުވަތަ މައުލޫމާތު ހާމަ ކުރުމަކީ ލާޒިމު ކަމެއް ނޫނެވެ. މީގެ އިތުރަށް އެމީހަކު ރިޕޯޓުކުރާ މައްސަލައެއް ކުރިއަށް ދާ މިންވަރުވެސް މި ސައިޓުން ބަލައިލެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން ކޮރަޕްޝަނަކަށް އެއްވެސް މިންވަރަކަށް ޖާގައެއް ނުދޭނެއެެވެ. ކޮރަޕްޝަނަށް ހުޅުވޭ މަގުތައް ބަންދު ކުރެއްވުމުގެ ގޮތުން މިހާރުވެސް ވަނީ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ރއީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ވަޒީރުންގެ މާލީ ބަޔާން ހާމަ ކުރެއްވުން ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.