ޢިލްމުވެރިންގެ ކަންބޮޑުވުންތައް ރައީސާ ހަމައަށް

އިސްލާމާދީނަށާއި ރަސޫލާއަށް ފުރައްސާރަކުރުމުގެ ޢަމަލުތަކެއް ރާއްޖޭގައި ފާޅުގައި ހިންގަމުންދާތީ ދީނީ ޢިލްމުވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލު ކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް ޙިއްސާ ކުރައްވައިފިއެވެ.

މިބައްދަލުވުން ބޭއްވީ މިއަދު ހަވީރު ރައީސް އޮފީހުގައެވެ. މިދުވަސްވަރު އެންމެ ކަންބޮޑުވުމެއް އޮތީ މޯލްޑިވިއަންޑް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ބަޔާނުގައި އިސްލާމްދީނަށާއި، ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލައެވެ. އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޤާނޫނުން އެމަނިކުފާނާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމުގެ ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީއެންގެ މައްސަލާގައި އިސްލާމިކް މިނިސްޓަރ ވެސް ވަނީ  ރާއްޖޭގެ ޢިލްމުވެރިންނާ ބައްދަލު ކުރައްވައިފައެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން މިމައްސަލާގައި ފިޔަވަޅު އަޅާފައެއް ނުވެއެވެ.

މިއަދުގެ ބައްދަލުވުމުގެ ތަފްސީލެއް ރައީސް އޮފީހުން ދެއްވާފައެއް ނުވެއެވެ. ރައީސާއެކު މިއަދު މަޝްވަރާ ކުރެވުނު ކަންކަން ވަރަށް އަވަހަށް ތަންފީޒު ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.