އެމްއާރުއެމް އުފައްދަން އީސީއަށް ހުށަހަޅައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އުފަދަވާ ސިޔާސީ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެދުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.

މިއީ ރައީސް މައުމޫން އިސްވެ ހުނަވައި އުފައްދަވާ ތިންވަނަ ޕާޓީއެވެ. އެމަނިކުފާނު ފުރަތަމަ އުފެއްދެވީ ޑީއާރުޕީއެވެ. ދެން އުފެއްދެވީ ޕީޕީއެމް އެވެ. އެހެންނަމަވެސް އެޕާޓީ ދޫކޮށްލައްވައި އެމަނިކުފާނު އެމްއާރުއެމް އުފައްދަވަން ނިންމެވީ ޕާޓީތެރޭގައި ޖެހުނު މައްސަލަތަކަށްފަހުގައެވެ.

ރައީސް މައުމޫންގެ ފަރާތްޕުޅުން އެމްއާރުއެމް އުފައްދަވަން ހުށަހެޅުއްވީ މިހާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ޙަސަނެވެ. އެމްއާރުއެމް އުފައްދަވަން ވެގެން ޕީޕީއެމްގައި ތިއްބެވި މައުމޫންގެ އަރިސް ބޭފުޅުން ގެންދަވަނީ އެޕާޓީން ވަކިވަމުންނެވެ. މައުމޫން ވެސް ވަނީ އެޕާޓީން ވަކޮށްދިނުމަށް އެދި ހުށަހަޅައިފައެވެ. އެމަނިކުފާނު އެކަމަށް އެދި ޕީޕީއެމަށް ސިޓީ ފޮނުއްވީ ކުރިން އެޕާޓީން އެމަނިކުފާނު ވަކިކުރައްވައިފައިވަނީ ހިންގާ ޤަވާޢިދާ ޚިލާފަށް ކަމަށް އަދިވެސް ޤަބޫލު ކުރައްވާތީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.