ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިރޭ 10:00 އާ ހަމައަށް ކަމަށެވެ. "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިރޭ 10.00 އާ ހަމަޔަށް އިތުރުކޮށްފި،" އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލްމަހު 6 ވަނަ ދުވަހުއެވެ.

މި އިންތިޚާބުގައި ޖުމުލަ 2،64589 މީހުންނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިންވަނީ ވިދާޅުވެފައެވެ. ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްފަހު ޢާއްމުކުރާނީ ޝަކުވާ ހުށަހަޅައި ނިމުމުން އެކަން ބެލުމަށްފަހުގައެވެ.

މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 87 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ. ކެންޑިޑޭޓުން މިހާރު ގެންދަނީ އިންތިޚާބަށް ތައްޔާރުވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އެކިސަރަޙައްދުތަކުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.