ބިލް ފާސްވުމާއެކު ޕެންޝަން ފަންޑުން ޙައްޖަށް ދިއުމުގެ ފުރަސަތު ހުޅުވައިލެވޭނެ: ރައީސް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވައިފައިވާ ބިލް ފާސްވުމާއެކު ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް ދިއުމުގެ ފުރުސަތު ހުޅުވައިލެވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

"ސަރުކާރުގެ ވަޢުދާ އެއްގޮތަށް، ޕެންޝަން ފަންޑުން ފަރްޟު ޙައްޖުވުމަށް އެދޭ ފަރާތްތަކަށް،އެކަން ކުރުމުގެ ފުރުޞަތު، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅާފައި އޮތް ބިލް ފާސްވުމާއެކު، މާތް ﷲގެ ވާގިފުޅާއެކު ވަރަށް އަވަހަށް ހުޅުވައިލެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވައިފައިވާ ފަދައިން ދިވެހީންގެ ދީނަކީ، މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. ސަރުކާރުގެ ސިޔާސަތު ވެސް ބައްޓަން ކުރައްވާނީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެހެންކަމުން، ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވެމުން ދާނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މައްޗަށް" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދީނީ ގޮތުން ބައެއް މީހުންގެ މެދުގައި ބައެއް ކަންކަމަށް ޚިޔާލު ތަފާތުވުން ބޮޑުވެ އެކަމުގެ ޝަކުވާތައް އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.