ވެޓް ލޭންޑު ފެއާ އައްޑޫ ނޭޗަރ ޕާކުގައި

ފެއަރގެ ބައިވެރިވާ ކުއްޖަކަށް މައުލޫމާތު ދެނީ: ފޮޓޯ ނޭޗެރޕާކް

ދުނިޔޭގެ ޗަސްބިމާ ބެހޭ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީގައި "ވެޓް ލޭންޑް ފެއަރ 2019" ގެ ނަމުގައި ފެއަރއެއް ފަށައިފިއެވެ. މިއީ އައްޑޫ ނޭޗަރޕާކުން އިންތިޒާމް ކޮށްގެން ބާއްވާ ފެއަރ އެކެވެ. ފެއަރ ކުރިއަށްދަނީ ނޭޗަރ ޕާކުގައެވެ. މިފެއަރގައި ޢުމަރުން 9 އަހަރާއި 12 އަހަރާ ދެމެދުގެ 40 ކުދިން ބައިވެރިވެފައިވެއެވެ.

މިފެއަރގައި މެންގްރޫވްއާއި، ޗަސް ބިން (ވެޓް ލޭންޑް) އާ ބެހޭ މަޢުލޫމާތު ދިނުމާއި ނޭޗަރޕާކުގައި ހަދައިފައިވާ ނާސަރީގައި ކޮންމެ ކުއްޖަކު ލައްވައި މެންގްރޫވް ގަހެއް އިންދުން އޮންނާނެއެވެ. އަދި އެގަސް ހެދޭގޮތް ދުވަސްދުވަހުން ކުދިންނަށް ކިޔާދޭނެއެވެ.

މީގެ އިތުރަށް ގްރޫޕްތަކަށް ކުދިން ބަހާލައިގެން ކެނޯ ރޭހެއް ބާއްވައި ވަނަތައް ހޯދާ ކުދިންނަށް އެކުދިންގެ ޢާއިލާއާއެކު ހިލޭ ކެނޯ ދުއްވުމުގެ ފުރުސަތު ލިބޭނެއެވެ. ޢާއިލާގެ 19 މެމްބަރަކަށް އެއިން ފުރުސަތު ލިބޭނެއެވެ. މީގެ އިތުރަށް ޗަސްބިމާބެހޭ ކުއިޒެއް ވެސް އޮންނާނެއެވެ. "އެ ކުއިޒުން އެއްވަނަ ދެވަނަ ތިންވަނަ އަޅުގަނޑުމެން ހޮވާނަން. އެއްވަނައަށް ފަނަރަ ބޭފުޅަކަށް ހިލޭ ކެނޯ އެންޑް ސްނޯކްލިން ސާވިސް ލިބޭނެ. ދެވަނައަށްދާ ކުއްޖަކަށް ދިހަ ބޭފުޅުންނަށް ކެނޯ އަދި ސްނޯކްލިން ސާވިސް ހިލޭ ލިބޭނެ. ތިންވަނައަށްދާ ކުއްޖަކަށް ކެނޯ އެންޑް ސްނޯކްލިން ސާވިސް ހިލޭ ލިބޭނެ،" ނޭޗަރ ޕާކުގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު އަފާއު ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލުތަކާއި ޗަސްބިން" މި މަޢުޟޫއަށް ކުރެހުމުގެ މުބާރާތެއް ވެސް މިފެއާގައި އޮންނާނެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.