ރައީސް މައުމޫނު މަޤާމުން ވަކިކުރަނީ!؟

images

ޕްރޮގެރެސިވް ޕާޓީ އޮފް މޯލްޑިވް (ޕީޕީއެމް) ގެ ރައީސް ކަމުގެ މަޤާމުގައި މިވަގުތު ހުންނެވި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމަށް އެޕާޓީގެ ރައީސްކަމުގެ މަޤާމު ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅޭ ގޮތުން އެމަނިކުފާނުގެ އަމިއްލަފުޅުޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގައި މިއަދު މަޝްވަރާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ރައީސް މައުމޫނުގެ ކޮށްކޯފުޅު ޢަބްދުﷲ ޔާމީނަށް ތާޢީދުކުރައްވާ މެމްބަރުންނާއި ރައީސް މައުމޫނާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވާ މިދަނޑިވަޅު، މިމަޝްވަރާ ކުރެއްވީ ރައީސް ޔާމީނަށް ތާޢީދުކުރައްވާ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. އެގްރޫޕުގެ ގިނަމެމްބަރުން ތިއްބެވީ ރައީސް ޔާމީން ފަޅީގައެވެ.

ޕީޕީއެމް ޕާލެމެންޓްރީ ގްރޫޕުން މި ގޮތައް މަޝްވަރާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނެސް 65 އަހަރުން މަތީގެ މީހުންނަށް ޕާޓީގެ އެންމެ މަތީ މަގާމު ނުފުރޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަން ޕީޕީއެމްގެ ޕީޖީގެ ގިނަ މެންބަރުން ވަނީ ތާއިދުކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.