އިންޑިއާގެ ރައީސަށް 'މަނިކަރްނިކާ' ގެ ޚާއްޞަ ސްކްރީނިން އެއް ބާއްވައިފި

އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދް ކަންގަނާ ރަނޯތްގެ ކުރިއަށް އޮތް ފިލްމު 'މަނިކަރްނިކާ' ބައްލަވާލައިްވައިފިއެވެ. އެމަނިކުފާނު މި ފިލްމު ބައްލަވާލެއްވީ ހުކުރު ދުވަހުގެ ރޭ ނިއުދިއްލީގެ ރާޝްތްރަޕަތީ ބަވަންގެ ކަލްޗަރަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ސްްކްރީނިން އެއްގައެވެ. މި ސްކްރީނިންގައި ފިލްމުގެ ކާސްޓްވެސް ބައިވެރިވިއެވެ.

ފިލްމް ސްކްރީނިންގެ ފޮޓޯތަކެއް ރައީސް ކޯވިންދުގެ ރަސްމީ ޓުވިޓަރގައި ޝެއަރ ކުރައްވާފައިވެއެެވެ. މި ސްކްރީނިންގައި ފިލްމުގައި ރާނީ ޖާންސީގެ ރޯލު ކުޅޭ ތަރި ކަންގަނާ ރަނޯތު އާއި ފިލްމުގެ ވާހަކަ ލިޔުންތެރިޔާ ޕްރަސޫން ޖޯޝީގެ ބައިވެރިވިއެވެ. ލީޑް ރޯލުގެ އިތުރުން ކަންގަނާ ވަނީ 'މަނިކަރްނިކާ' ގެ ސެގްމެންޓްތަކެއް ޑައިރެކްޓް ކޮށްފައެވެ.

'މަނިކްރނިކާ: ދަ ކުއީން އޮފް ޖާންސީ' އަކީ ރާނީ ލަކްޝްމީ ބާއީގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ކަންގަނާގެ އިތުރުން ޓީވީ ސިލްސިލާ ތަކުން މަޝްހޫރު ކަން ހޯދާފއިވާ އަންކީތާ ލޯކަންޑޭ މި ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ. މިއީ އޭނާ ބޮލީވުޑަށް ތަޢާރަފްވާ ފިލްމެވެ.

މި ފިލްމު ތިއޭޓަރުގައި އަޅުވާނީ މި ޖަނަވަރީ މަހުގެ 25ވަނަ ދުވަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.