ރޭ ފަތިހު 4:17 އެހައިކަންހާއިރު ސިނަމާލެ ބްރިޖު ހައިވޭގައި ޔޫޓާން ނަގާ ހިސާބު ދެ ލޭން ވަކިކުރަން ބަހައްޓައިފައިވާ ޕާޓީޝަންގައި ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހި ޕާޓީޝަން ފުނޑުފުނޑު ވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެތާގައި ހުރީ 40 ފޫޓުގެ ޕާޓިޝަނެއް ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ޕިކަޕުން ޖެހި ޕާޓްޝަން ފުނޑުފުޑުވުމުން ފުލުހުންވަނީ ފުނޑުފުނޑުވި ބައިތައް ނަގައި އެތަން ފޮޅައި ސާފުކޮށްފައެވެ. މިހާދިސާގައި ޕިކަޕަށް ވަނީ ގެއްލުން ވެފައެވެ. އަދި މަގުގައި ޖަހައިފައިވާ ޑިވައިޑަރުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކު ބަންދު ކޮށްފައި ނުވާ ކަމަށާއި ޕިކަޕް ދުއްވަން އިނީ ބިދޭސީއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުންނެވެ.
ފުލުހުން ގެންދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުންނެވެ.
"ރޭ ފަތިހު 4:17 އެހައިކަންހާއިރު ސިނަމާލެ ބްރިޖު ހައިވޭގައި ޔޫޓާން ނަގާ ހިސާބު ދެ ލޭން ވަކިކުރަން ބަހައްޓައިފައިވާ ޕާޓީޝަންގައި ދުއްވާފައި ދިޔަ ޕިކަޕަކުން" thio thajuribaa huri liuntheriyaa liyefa oth liun balaabala