އައްޑޫސިޓީގައި ކާރެއް ފުރޮޅާލައި ދެމީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ލިންކްރޯޑުގައި ކާރެއް ފުރޮޅާލައި ދެމީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ކާރު ފުރޮޅާލައިފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެގޮސް ގަހެއްގައި ޖެހިގެން ކަމަށެވެ. ހާދިސާ ހިނގާފައިވަނީ ކުނިކޮށީ އިރުމަތީ ފާރާތުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދު 11:56 އެހައިކަންހާއިރު ހިނގި މިހާދިސާގައި ކާރުގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާގައި ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުން ވެފައެވެ.

މި ހާދިސާގައި އަނިޔާވި ދެމީހުން ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލުން ވިދާޅުވީ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އެކަކަށް ފަރުވާ ދިނުމަށް މިހާރުވަނީ ދޫކޮށްލައިފައިއެވެ. ދެވަނަ މީހާ އަދި އޮތީ އޮބްޒަވޭޝަންގައި ބާއްވައިފައެވެ.

އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔައީ 17 އަހަރު ގެ ކުއްޖަކާއި 21 އަހަރުގެ ޒުވާނެއް ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.