އަނިލް ކަޕޫރް އާއި ސޯނަމް ކަޕޫރްގެ ލަވައަށް ބޮޑު ތަރުޙީބެއް

ފެބްރުއަރީ މަހުގެ އެއްވަނަ ނެރުމަށޤ ތައްޔާރު ވަމުން އަންނަ 'އެކް ލަޅްކީ ކޮ ދޭކާ ތޯ އޭސާ ލަގާ" ގެ "އިޝްގް މީޓާ' އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ބޮލީވުޑުން ރިޕޯޓުކޮށްފިއެވެ. މި ފިލްމަކީ ލެޖެންޑަރީ އެކްޓަރު އަނިލް ކަޕޫރް އާއި އޭނާގެ ދޮށީ ދަރިފުޅު ސޯނަމް ކަޕޫރް އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ.

"އިޝްގް މީޓާ" އަކީ ކާވެނީގެ ލަވައެކެވެ. މި ލަވަ އަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަނީ ލަވައިގެ ބީޓަށް ސޯނަމް އާއެކު ބައްޕަ އަނިލް ފައި ހަމަކުރާތީ އެވެ. ލަވަ ޚާއްޞަވާ އަނެއް ސަބަބަކީ މިއީ 90އިގެ އަހަރުތަކުގެ ތެރޭގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ލަވައެކެވެ. ސޯޝަލްމީޑިއާގައި ލަވައަށް ކޮމެންޓު ކުރި ގިނަ ފަރާތްތަކުން ބުނެފައިވަނީ މިއީ ކާވެނީގެ ލަވަ ލިސްޓުން ޖާގަ ހޯދާނެ ލަވައެއް ކަމަށެވެ.

"އިޝްޤް މީޓާ" ކޮމްޕޯޒްކޮށްފައިވަނީ ރޯޗަކް ކޯލީ އެވެ. ލަވަ ލިޔެފައިވަނީ ގްޕްރީތް ސައިނީ އެވެ. މިއީ 1986ވަނަ އަހަރު މަލާއިކާ އަރޯރާ އާއި ޖަސް އަރޯރާ އެކްޓްކޮށްފައިވާ ބަލީ ސަގޫ އާއި މޯލްކީތް ސިންގހް ގެ ލަވައިގެ ރީމޭކެކެވެ.

"އެކް ލަޅްކީ ކޮ ދޭކާ ތޯ އޭސާ ލަގާ" އަކީ 2019 އަހަރު ބޮލީވުޑުން ނެރޭނޭ ގޮތް ނޭނގޭ ފިލްމުގެ ގޮތުގައި މިހާރުވެސް ބްރޭންޑްކޯށްފައިވާ ފިލްމެކެވެ. ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޝެލީ ޗޯޕްރާ ދާރް އެވެ. ލީޑް ރޯލް ކުޅެފައިވަނީ އަނިލް ކަޕޫރް އާއި ޖޫހީ ޗާވްލާ އާއި ސޯނަމް ކަޕޫރް އަދި ރާޖް ކުމާރް ރާއޯ އެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.