ރައްޔިތުންނަށް ބޭނުންވާ އެންމެހައި ކަންކަން ޤާއިމުކުރުމަށް ކޮންމެހެން ބޭނުންވަޏި ދިވެހި ރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙު ކުރުން ކަމަށާއި މީހަކު ބަދަލުކޮށްގެން ނިޒާމު އިޞްލާހު ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ހިންނަވަރު ދާއިރާ އަށް އެމްޑީޕީ އިން ވާދަކުރާ މެންބަރު ޖީހާން މަހްމޫދްގެ ކެންޕޭން އިފްތިތާހު ކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ނިޒާމެއް އިޞްލާހެއް ނުވާނެ މީހަކު ބަދަލުކޮށްގެނެއް، މިހާ އަކީ ހަގީގަތުގައި އެއް ނޫން މުހިއްމު އަޞްލަކީ. މުހިއްމު ކަންކަމަކީ އަޅުގަނޑުމެން މިކަންކަން ކުރަމުން އަންނަ ގޮތްތައް، އުސޫލުތައް، ހަމަތައް، ރަނގަޅުކޮށްފައި ބެހެއްޓުން"، ރައީސް ނަޝީދު ވިދާޅުވިއެވެ.
2008ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ހިންވަރުގެ ބިން ދެގުން ބޮޑުކުރި ނަމަވެސް އަދިވެސް އެބިން އޮތީ އޮތް ގޮތަށް ކަމަށާއި ރަށުގައި ސަރުކާރުގެ ވަޒީފާ އެއް ނޫނިއްޔަ ވަޒީފާ އެއް ނެތް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2008ވަނަ އަހަރު ހިންނަވަރުގައި ވަޒިފާ ނެތް ޒުވާނުންގެ އިންސައްތަ އަކީ 38 ކަމަށާއި މިހާރު އޮތް މިންވަރު ނޭނގޭކަން ފާހަގަ ކުރެއްވިއެވެ. މަދްރަސާ ކުދީންގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންދާ ކަމަށް ވެސް އެމަނިކުފާނު ފަހަގަކުރެއްވިއެވެ.
އޭގެ އިތުރުން ހިންނަވަރަކީ އުތުރުގައި އޮތް އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން ހީވާގި ކަމާއެކު މަސައްކަތް ކޮސް މުއްސަނދިކަން ދިވެހިގެ ތެރެއަށް ގެނެސްދޭ ރަށެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރުން ފާދިއްޕޮޅާ މެގު ގެންގުޅޭ ތަސައްވުރު ވެސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެތަސައްވުރުގައި މަޑިވަރުގައި އެއާޕޯޓެެއް އެޅުމެއް ނެތެވެ. ނަމަވެސް ފެލިވަރުގައި އެއާޕޯޓެއްް އެޅުމުގެ ތަސައްވުރެއް އެބައޮތް ކަމަށް ވިދާޅުވިއެވެ.
"...އުތުރުގައި އޮތް އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން ހީވާގި ކަމާއެކު މަސައްކަތް ކޮށް މުއްސަނދިކަން ދިވެހިންގެ ތެރެއށް ގެނެސްދޭ ރަށެއް. ހިންނަވަރާއި ނައިފަރާއި ފާދިއްޕޮޅުގެ ތަރައްގީގެ ތަސައްވުރެއް އަޅުގަނޑުމެން އަބަދުވެސް ގެންގުޅޭ، މިފަހަރުގެ ވައުދުތަކުގައި ވެސް. އެ ވައުދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެގެން މިތިބީ. އަޅުގަނޑުމެންގެ ތަސައްވަރުގައި ނެއތް މަޑިވަރުގައި އެއަޕޯޓެއް އަޅާން. އަޅުގަނޑުމެންގެ ތަސައްވަރުގައި އޮތީ ފެލިވަރުގައި އެއަރޕޯޓެއް އެޅުން. އަޅުގަނޑުމެން ތަސައްވަރުގައި އޮތީ ހިންނވަރާއި، ނައިފަރާއި، ތުޅާދޫ. އަޅުގަނޑުމެން އަދިވެސް ދެކެނީ އެހުވަފެން"، އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކޯލިޝަން ސަރުކާރަސް އެމްޑީޕީ އިންވެސް ވައުދުތަކާއި އުއްމީދުތަކެއް ހުށަހެޅުއްވިއެވެ. އަދި އެ ވައުދުތައް ހާމަކޮށް ފެންނާން ހުރި ކަމަށާއި އެ ވައުދުތަކާއި އުއްމީދުތައް ފުރިހަމަ ކުރުމަށް މަޖިލީހުގެ އަޣުލަބިއްޔަތު ކޮންމެހެން ވެސް އެމްޑީޕީ އަށް ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ. ފާދިއްޕޮޅަކީ ވަރަށް މުހިއްމު އާބާދީއެއް ކަން ފާހގަ ކުރައްވަމުން ރައީސް ނަޝީދް ވިދާޅުވީ ފާދިއްޕޮޅުގެ އާބާދީ އޭގެ ގޮތުގައި ދިވެހި ރާއްޖޭގެ އިންޖީނެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުން މުހިއްމު ކަން ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުން ކިތަންމެ ގާނޫނަކާއި ހަމައެއް ނިންމާނެ ކަމާއި ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރާއިރު އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބުން މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.