ޢިމާރާތްކުރާ ސައިޓްތަކުގެ ސަލާމަތީ ކަންކަން ވަގުތުން ބަލައި މުރާޖަޢާ ކުރުމަށް ރައީސް އަންގަވައިފި

މާލޭގަައި ހޢިމާރާތް ކުރާ ސައިޓްތަކުގެ ސަލާމަތީ ކަންކަން ހުރިނެތް ގޮތް ބަލައި މުރާޖައާ ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އާދީއްތަ ދުވަހު އަންގަވައިފިއެވެ. ރައިސް މިގޮތަށް އެންގެވީ ރައްކާތެރިކަން ނެތް ތަންތަނުގައި ސަލާމަތީ ކަންކަން ކަށަވަރުކޮށް އެތަންތަނަކީ ހިނގާ މީހުންނަށާއި ސައިޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް އަދި ޢާއްމުންނަށް ރައްކާތެރި ތަންތަނަށް ހެއްދެވުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ. 

ރައީސްގެ މި ޓުވީޓަކީ މިއަދު ހެނދުނު މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން އުމުރުން 9 އަހަރުގެ ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ކުރެއްވި ޓުވީޓެކެވެ. ހަދިސާގައި އަނިޔާ ލިބުނު ކުއްޖާ އަށް އައިޖީއެމްއެޗްގައި  ފަރުވާ ދެމުންދާއިރު އެކުއްޖާގެ ޙާުލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ވަނީ ހާމަކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.