ހުވަދުއަތޮޅާއި އައްޑުއަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުވަދުއަތޮޅާއި އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.

މި ދެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 9:15 އިން  ދަންވަރު 2:00 އަށެވެ. މޫސުމާބެހޭ އޮފީހުން ނެރެފައިވާ އެލާތްގައި ވައިގަދަވާނެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ.

މެޓު އޮފީހުން ވިދާޅުވެފައިވަނީ ޢާއްމު މޫސުމަށް ބަލާއިރު އުތުރަށް ކެރީގެ އަސަރުފޯރާނެ ކަމާށާއި، ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ވެސް މެޓު އޮފީހުންވަނީ ލަފާ ކުރައްވައިފައެވެ. ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް ވިދާޅުވެފައިވެއެވެ.

ވައިޖެހޭނީ އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، އެހެންހިސާބުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިބާރު ވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.