ވިސާ ނެތި މިއަންނަ އަހަރު ފެށޭ އިރު ޔޫ.އޭ.އީ އަށް ދަތުރު ކުރެވޭނެ: ފޮރިން މިނިސްޓަރު

މިއަންނަ އަހަރު ފެށޭ އިރު ދިވެހީން ޔޫ.އޭ.އީ އަށް ދާން ވިސާ ބޭނުން ނުވާނެ ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދް ވިދާޅުވެއްޖެއެވެ. ޢަބްދﷲ ޝާހދިް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫ.އޭ.އީ އާއެކު ވިސާގެ އާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ޔޫ.އޭ.އީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ މިއަދު ޔޫ.އޭ.އީގެ ފޮރިން މިނިސްޓަރު ޝައިޚް ޢަބްދުﷲ އާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި އާ ސަރުކާރުގެ ސިޔާސަތު ތަކާ ބެހޭ ގޮތުން ޝައިޚް ޢަބްދުﷲ އަށް މައުލޫމާތު އެރުވިއެވެ. އަދި ދެ ގައުގުމުގެ ގުޅުން ބަދަހި ކުރުމާއި ވިޔަފާރި އާއި އިންވެސްޓްމަނތް ތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.