މި ސަރުކާރު ފެށުނީވެސް ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް ބަދަލުކޮށްގެން: ޢުމަރް ނަޞީރް

ވޭތިވެދިޔަ ފަސް އަހަރު އެމްޑީޕީ އިސްވެ ތިބެގެން އިދިކޮޅު ފަރާތްތަކުން ދެއްކި ވަހަކަ އަކީ ކޮރަޕްޝަންގެ މައްސަލަ ތަކާއި އަނިޔާވެރި ކަމުގެ ވަހަކަ ކަމަށާއި ނަަމަވެސް އިބްރާހީމް މުޙައްމަދް ޞާލިޙްގެ ސަރުކާރު ފެށުނީވެސް ކޮރަޕްޝަންގެ ބޮޑު ހާއްޔަކުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރް ނަޞީރް ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހު އަވަސް ނިއުސް އިން ގެނެސްދޭ "އަވަސް ހުކުރު" ްޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން އުމަރް ނަޞީރް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ޖެހި ބެރަކީ ކޮރަޕްޝަންގެ ބެރު ކަމަށެވެ.

"މައިގަނޑު ދެ ހެޑްލައިން އެއް. އެންމެ ބޮޑަށް ކީ ލަވަޔަކީ ޖެހި ބެރަކީ ކޮރަޕްޝާންގެ ބެރު. އެހެންވީމާ އަޅުގަނޑުމެންނަށް ހީވާނެތާ އިބޫ ޞޯލިޙް (ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް) ގެ ސަރުކާރުގައި ކޮރަޕްޝަނެއް ނޯންނާނެއޭ. އެކަމަކު އެހެނެއް ނޫން އިނގޭތޯ! މި ފެށުނީވެސް ކޮރަޕްޝަންގެ ބޮޑު ހާއްޔަކުން އިގނޭތޯ! މި ފެށުނީވެސް ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުކޮށްލައިގެން." ޢުަމަރު ވިދާޅުވިއެވެ. ޢުމަރް ވިދާޅުވީ އިބްރާހީމް މުޙައްމަދް ޞާލިޙްގެ މާ ބޮޑު ސިޔާސަތެއް ނުފެންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތާ ގުޅޭ ގޮތުން ރައީސް ޔާމީން އާ މެދު ފިޔަވަޅެއް އެޅިދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޢުމަރު ވިދާޅުވީ ފުރިހަމަ އަށް ތަޙުޤީޤެއް ހިންގައިފިނަމަ ފިޔަވަޅު އެޅުއްވޭނެ ދާއިރާތައް ހުންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަަމަށެވެ. އަދި އެ މަނިކުފާނު ބޭނުންވެ ވަޑައިގަންނަވަނީ ކޮންމެހެން ރައީސް ޔާމީން އާ މެދު ފިޔަވަޅު އެޅުން ނޫން ކަމަށާއި ކޮރަޕްޝަން ހިންގާފައި ހުރި ހުރިހާ މީހުންގެ މައްޗަށް ތަހުގީގް ހިންގާ ޤާނޫނީ ފިޔަވަޅު އެޅުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ ތެރޭގައި ވެސް ކޮރަޕްޝަން ހިންގާފަ ހުރި މީހެއް ހުރިއްޔާ ހަމަ މިހާރު ވެސް ތަހުގީގުކޮށް ފިޔަވަޅު އަޅަންވާނެ ކަމަށް ވިދާޅުވިއެއެވެ.

އަދި ފިޔަވަޅު އަޅާއިރު "ޕިކް އެންޑް ޗޫޒް ހަދައިގެން ނުވާނެ. ކޮރަޕްޝަން ހިންގާފަ ތިބި ދިހަ މީހުން ތިއްބާ ފަސްވަނަ މީހާ އެކަނި ތަހުގީގުކޮށްފަ އޭނާ އަށް ހުކުމް އިއްވައިގެން ނުވާނެ އިނގޭތޯ. ދިހަ މީހުންގެ މަައްޗަށް ވެސް ތަހުގީގު ހިންގާ ދިހަ މީހުންނަށް ވެސް ހުކުމް އިއްވަން ވާނެ އިނގޭތޯ! ޕިކް އެންޑް ޗޫޒް އެއް ނުހެދޭނެ ކޮރަޕްޝަނާ ރިއަލީ ފައިޓް ކުރަންޏާ. އެހެނެއް ނޫން. ޕާރސަނަލް ވެންޖެންސެއް ދުއްވާލާ ކަމަށް ވަންޏާ، ޒާތީ ހަސަދަ އެއް މީހެއްގެ މައްޗަށް ބާލުވާލާ ކަމަށް ވަންޏާ ކޮރަޕްޓް ހުރީޙާ މީހުންތަކު ތެރެއިން ހަމަ ވަކި މީހަކު  ނަގާފަ އެނާ އަށް ހުކުމް އިއްވަންވީ އިނގޭތޯ. މިސާލަކަށް ޔާމީންް މިފަހަރު" އުަމރް ވިދާޅުވިއެވެ.

އެއްގޮަތަކަށް ވެސް ވަކި ވަކީމީހުން ހޮވައި އެމީހުންނާ މެދު ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް އުމަރް ވިދާޅުވިއެވެ. "އިންސާފަކީ، ހަމަހަމަ ކަމަކީ ކޮރަޕްޝަން ހިންގާ ހުރިހާ އެންމެން ހޯދާ އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން. އަޅަން ޖެހެނެ އިނގޭތޯ. އޭގެ ތެރޭގައ މިސަރުކާރުގަ ހިމެނޭ މީހުންވެސް ހިމެނޭ އިނގޭތޯ" ޢުމަރް ވިދާޅުވިއެވެ.

ކެބިނެޓަށް އަމާޒުވަމުންދަ ފާޑު ކިއުންތަކާ މެދު ސުވާލު ކުރުމުން ޢުމަރް ވިދާޅުވީ ކެބިނެޓްގެ ފަންސާސް އިންސައްތައަކީ ޤާބިލު، ރަނގަޅު މީހުން ކަމަށެވެ. ނަަމެވެސް އަނެއް ފަންސާސް އިންސައްތަ ޝަރުޠު ހަމަނުވާ ކަމަށް ވިދާޅުވިއެވެ. އެ ފަންސާސް އިންސައްތަ އަށް ފާޑު ވިދާޅުވަމުން ޢުަމަރ ވިދާޅުވީ، " އެމީސް މީހުންގެ ޝާރުތަކަށް ވީ އެ ލީޑަރުންގެ ހުރި ގާތް ކަމާއި، އެމީހުންގެ ހުރި ގުޅުމާއި، އެމީޙުންނަށް ގުޅާނު ކޮށް ދިނުމާއި، އެކަންކަން ޝަރުތަކީ"  އެހެންވީމާ އަޅުގަނޑުމެންނަށް މިފެނުނީ މި ސަރުކާރު ފެށުނު އިރުވެސް ނުބައި ފިޔަވަޅެއްގެ މައްޗަށް ފުރަތަމައިނުން ވެސް ފެށި މަންޒަރު ކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވި އާބާދީގެ ގިނަބަޔަކު އުއްމީދުކޮށްގެން ތިބީ ހެޔޮ ލަފާ ސަރުކާރެއް އައިސް ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ  ކަމަށް ކަމަށެވެ. ނަމަވެސް އެކަން ނުކުރެއްވޭނެ ކަމަށް ވަރަށް ޔަގީން ކަމާއެކު ވިދާޅުވާން ކެރިވަޑައި ގަންނަވާ ކަމަށް ވިދާޅުވިއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.