ޝައިޚް ޢިމްރާނަށް ކުރައްވައިފައިވާ ޙުކުމް ބާޠިލް

ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް ސްޕްރީމްކޯޓުން ކުރައްވައިފައިވާ 12 އަހަރުގެ ޖަލު ޙުކުމް މިއަދު ސްޕްރީމް ކޯޓުން ބާޠިލް ކުރައްވައިފިއެވެ.

ސްޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅުއްވީ ޝައިޚް ޢިމްރާނަށް ކުރައްވައިފައިވާ ޙުކުމް މުރާޖަޢަ ކުރެއްވުމަށް އެދި ސްޕްރީމްކޯޓަށް ހުށަހަޅުއްވައިފައިވާ މައްސަލަ ބައްލަވައި ނިންމެވުމަށްފަހު އިއްވި ޙުކުމުގައެވެ. މި ޙުކުމަށްފަހު ޢިމްރާން އެއްކޮށް މިނިވަންވީއެވެ.

އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވީ 2015 ވަނަ އަހަރު މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކަފުޅުގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވުމުންނެވެ.

އެދުވަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތު އޭރު ސަރުކާރުގެ ބައެއް އިސްވެރިންގެ އިސްތަށުފުޅުގައި އަޅުވައިފައެވެ. އަދި އެކަމުގެ ހެކި ކަމަށް ވިދާޅުވެ ކަރުދާސް ތަކެއް ވެސް އެދުވަހު ދެއްކެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.