ރާއްޖޭގައިވެސް މިއަދު ގޯސްކޮށް ހިނގާ އަދި ރަނގަޅު ކުރަންޖެހޭ އެތައް ކަމެއް އެބަހުރި: ޝައިޚް އިމްރާން

ރާއްޖޭގައިވެސް މިއަދު ގޯސްކޮށް ހިނގާ އަދި ރަނގަޅު ކުރަންޖެހޭ އެތައް ކަމެއް އެބަހުރިކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގައި ގޯސްކޮށް ހިނގާ ކަންކަން އިސްލާހު ކުރަން އުޅެނީ ކިތަންމީހުންތޯ ވިދާޅުވެ، ސުވާލު ވެސް ކުރައްވާފައެވެ.

މީގެ އިތުރުން އެޤައުމެއްގެ ހާލަތު ގޯސް ކުރަނީ ވެސް އަދި ރަނގަޅު ކުރަނީ ވެސް އެތަނެއްގައި ދިރިއުޅޭ ރައްޔިތުން އަމިއްލައަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ މި ޓްވީޓަށް ބައެއް މީހުން ރައްދުދީ ބުނެފައިވަނީ ކަންކަން އިސްލާހު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ހޯމް މިނިސްޓަރގެ ކިބައިގައި ނޫންތޯ ސުވާލު ކޮށްފައެވެ.

ޚާއްސަގޮތެއްގައި ލިވާތު މައްސަލައިގަ އާއި މި މަހުގެ 6 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލި އަންހެން ކުރައްޖާގެ މައްސަލާގައި ސަރުކާރުގެ އިސްވެރިން ހަނު ތިބުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.