ހައްދުންމަތީ ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ފައްޔާޒު އިސްމާޢީލް އެދާއިރާގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފައިވެއެވެ.
އޭނާ އިސްތިއުފާ ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމަށެވެ.
އިސްއުފާ ދެއްވަމުން ފައްޔާޒު ވިދާޅުވެފައިވަނީ ފާއިތުވި 4 އަހަރު ގަމުދާއިރާ، މަޖިލީހުގައި ތަމްސީލް ކުރެއްވުމަށް އެދާއިރާގެ ރައްޔިތުން ދެއްވި ފުރުސަތަށްޓަކައި އެދާއިރާގެ ރައްޔިތުންނާއި ދިވެހި އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ފައްޔާޒުގެ އިތުރަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު ފަހުލޫފާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙުމަދު ދީދީވެސް ވަނީ ކެބިނެޓްގެ މަޤާމަކާ ޙަވާލުވެ ވަޑައިގަތުމަށް އެބޭފުޅުން ފުރުއްވަމުން ގެންދެވި ގޮނޑި ދޫކުރައްވައިފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގައި މާރިޔާއަށް ލިބިވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު ކަމެވެ. މަޙުލޫފަށް ލިބިވަޑައިގެންނެވީ ޔޫތު މިނިސްޓަރު ކަމުގެ މަޤާމެވެ.