ސެމީޑީލްގައި އަލިފާން ނިއްވަން އުޅުނު ސިފައިންގެ ދެ ބޭކަލަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފި

މައްޗަންގޮޅީ ސެމީޑީލް ގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ އެއީ 10 ބުރީގެ ގެއެއް ކަމަށެވެ. އަލިފާން ރޯވެފައިވަނީ އެގޭ 4 ވަނަ ބުރީގައި ކަމަށާއި އެއީ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 4 ވަނަ ބުރީގައި ދުން ބޯކަމުން އަލިފާން ރޯވެފައިވާ މިންވަރު ދެނެގަންނަން ދަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ސަލާމާތީ ސަބަބުތަކަށްޓަކައި އެގެއިން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް އަދި ވެފައި ނުވާ ކަމަށާއި، ބިލްޑިން އިތުރަށް ބެލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރުން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިޙާދިސާގައި އެގޭ ތިން ބުރިއަކަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް ކެޕްޓަން ޢާޒިމް ވިދާޅުވިއެވެ.  ސިފައިން ގެންދަނީ ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރމުގެ މަސައްކަތް ކުރައްވަމުން ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

އަލިފާން ނިއްވުމަށް ޙަރަކާތްތެރިވި ސިފައިންގެ ތެރެއިން ދެ ބޭކަލަކަށް ދުމުގެ އަސަރުކޮށް ފަރުވާ ދިނުނަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ. އެ ގޭގެ ހުރިހާ ބުރިއަކުން މިހާރުވަނީ މީހުން ހުސްކޮށްފައި ކަމަށާއި، އަލިފާން ނިއްވުމަށް ފެންޖަހަމުންދާ ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.