އެންމެފުރަތަމަ ހައްލެއް ހޯދަންވީ ތޮށްޖެހުމަށް: ރައީސް ސާލިހް

ރައީސުލްޖުމްހޫރިއްޔާ ހދ. ފިނޭގަ - ފޮޓޯ: ރައީސް އޮފީސް

އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވުމަށް ހައްލު ހޯދުމަށް އެންމެފުރަތަމަ ކުރަންވީ ކަމަކީ ތޮށްޖެހުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މ. ނިރުފެހި ގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ހާދިސާއަކީ ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު އެއް ހާދިސާ ކަމަށެވެ. އަދި އެ ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގޮސްފައިވާއިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުތަކުން ވެސް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ނޫޅޭ ތަންތަނަށް ބަދަލު ކުރުމަކީ މިހާރު ވެސް ހައްލު ގެނައުން ލަސްވެފައިވާ މައްސަލަތަކެއް ކަމަށާއި އެ ފަދަ ހާދިސާތައް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ތޮއްޖެހުން ބޮޑުކަމުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެންމެ ފުރަތަމަ ހައްލެއް ހޯދަން ޖެހެނީ ތޮއްޖެހުމުގެ މައްސަލަ އާއި މީހުންގެ ދިރިއުޅުމުގެ ހާލަތާއި ގުޅޭ ކަންކަމުގައި ކަން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގައި އިމާރަތްކުރާއިރު ބިލްޑިން ކޯޑު މިއަށްވުރެ ހަރުދަނާ ކުރެވިގެންދާން ޖެހޭނެ ކަމަށާއި އެކަމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.