ރައީސް ޢަބްދުﷲ ޔާމީގެ ވެރިކަމުގައި ތަރައްޤީގެ މަޝްރޫޢުތައް އެމަނިކުފާނު ހިންގިވެ ބާރު މިނުގައި އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ނުހިންގޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން ޢުމަރު ވިދާޅުވީ ރައީސް ޔާމީން ހިންގެވި ބާރުމިނުގައި ނުހިންގެވުނަސް މިސަރުކާރުން ވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާނެ ކަމަށެވެ.
ޔާމީން ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގެވީ ޗައިނާ ސަރުކާރާއި ސަޢުދީ ޢަރަބިއްޔާއިން ފައިސާގެ އެހީ ވަރަށްބޮޑަށް ދެއްވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީ ރައީސް ޔާމީން ގެންދެވިހާ ބާރަކަށް ނުއެއް ގެންދެވޭނެ. އެއީ ޔާމީނަށް ޗައިނާގެ މަދަދާއި، ސަޢުދީޢަރަބިއްޔާގެ ފައިނޭންޝަލް މަދަދު ވަރަށްބޮޑު. އެ މަދަދު ހިއެއްނުވޭ މިސަރުކާރަށް ލިބޭނެހެނެއް. އެހެން ވެއްޖެއްޔާ ޔާމީން އެގެންދެވިހާ ބާރަށް ހިޔެއްނުވޭ ގެންދެވޭނެހެން. އެކަމަކު ތަރައްޤީގެ ކަންކަން އޮވެގެން ކުރިއަށްދާނެ،" ޢުމަރު ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަން ކުރެއްވީ ހުރިހާ ބާރުތަކެއް ޖަމާކުރައްވައިގެން ކަމަށާއި އެހެން ކަމުން އެއްވެސް ހިފެހެއްޓުމެއްނެތި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު އެމަނިކުފާނަށް އޮތް ކަމަށް ޢުމަރު ވިދާޅުވިއެވެ. ލޯނެއް ނަންގަވަން ބޭނުންފުޅުވިޔަސް މަޖިލީހުގެ ރުހުމެއް ނުހޯދައި އެކަން ކުރެވޭގޮތަށް ޔާމީންވަނީ ކަންކަން ފަހިކުރައްވައިފައެވެ. އެކަހަލަ ބައިވަރު ފުރުޞަތުތައް ރައީސް ޔާމީނަށް އޮތް ކަމަށް ޢުމަރު ވިދާޅުވިއެވެ.
Raees yaameen hingevihaa Bakari minuga corruption ves nuhingeyne. Adhi vakkameh ves nukureveyne noonbaa!
Mee dhen kaaku ? mikahala vaahaka dhakkan mihaaru. Fai vihdhaafa bunaane roaney, roanu vashaee bonbinnney. Anga fulhaa koffa dhen buney harugan'dey. V vedhun