ރައީސް ނަޝީދު ދިއްދޫއަށް ފުރައިވަޑައިގެންފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިއްދޫ ދާއިރާގެ މެންބަރ ޢަބްދުލް ލަޠީފް ރައސް ނަޝީދަށް މަރުޙަބާ ދަންނަވަނީ. ފޮޓޯ: އެމްޑީޕީ ޓިވުޓަރ

ކުރީގެ ރައީސް މުޙައްމަދް ނަޝީދު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ހއ. ދިއްދޫ އަށް ފުރައިވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލް ލަޠީފް އާއި އެމްީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައި ގަންނަވައެވެ.

މެންބަރު ޢަބްދުލް ލަޠީފް ބުދަ ދުވަހު ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވެފައިވަނީ ރައީސް މުޙައްމަދް ނަޝީދު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަރުތުފުޅުގައި ހުރިހާ ރަށަކުންވެސް އަދި ވަކީން ޚާއްޞަކޮށް ދިއްދޫ އިން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާން ޒުވާނުންނާއި ކުދިބޮޑު އެންމެހައި ރައްޔިތުން ތިބީ ކެތް މަދުވެފައިކަމަށެވެ.

ތިން އަހަރަށްފަހު އަރުވައިލެވިގެން ގައުމުން ބޭރުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެންނެވީ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މާލެ ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އެންމެ ފުރަތަަމަ ވަޑައިގެންނެވީ އައްޑުއަތޮޅަށެވެ. އައްޑު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވީ ބުރާސްފތި ދުވަހުއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.