މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްގެ ކޮނޑު ހުޅާއި ކޯކަށިގަނޑު ބިނދިއްޖެ

ރޭ ދަންވަރު މާލޭގައި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކަށް ވަރަށް އަނިޔާ ވެއްޖެއެވެ.

ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އެ ޒުވާނާގެ ކޮނޑު ހުޅުން ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ކޯ ކަށިގަނޑުވެސް ވަނީ ބިންދައިގެން ގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ އިތުރަށް އޭނާގެ މޫނުވަނީ މަށައިގެން ގޮސްފައެވެ.

މި އެކްސިޑެންޓުގައި އަނެއް ސައިކަލް ދުއްވަން އިން މީހާ ވަނީ ފިލައިފައެވެ. ފުލުހުން ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2:20 އެހައިކަންހާއިރު އަމީނީ މަގާއި ސިއްތިމާވާ ހިނގުން ގުޅުނު ކަންމަތިންނެވެ. ދެ ސައިކަލް ދުއްވީ ބާރު ސްޕީޑުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.