ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާގެ ތެރެއިން ނުދެވި ހުރި ފައިސާ މިއަދު ޕާޓީތަކަށް ދޫކޮށްފިއެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ފައިސާ ދޫކޮށްފައިވާ އިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމްް) އަށް ނުދެވި ހުރި ފައިސާ ވަނީ ހިފަހައްޓާފައެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގައި 2017ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް މެންބަރު ތިބި ޢަދަދަކީ 29،759 އެކެވެ. މި ޕާޓީއަށް ލިބެންވާ ޖުމްލަ ޢަދަަދަކީ 7،486،732.52 ރުފިޔާއެވެ. ފުރަތަމަ ބުރުގައި ޕާޓީ އަށް ދޫކޮށްފައިވަނީ 1،852،488.95 ރުފިޔާއެވެ. މިފައިސާ ދޫކޮށްފައިވަނީ މިއަހަރުގެ މޭމަހުގެ 3ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރުގައި، މިއަދު ދޫކޮށްފައިވަނީ 5،634،243.57 ރުފިޔާއެވެ. ފައިސާ ބެހުމުން ބޮލަކަށް ޖެހޭ މިންވަރަކީ 251.58 އެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ތިބީ 45،865 މެންބަރުންނެވެ. ޕީޕީއެމް އަށް ލިބެންޖެހެ ޖުމްލަ ފައިސާގެ އަދަދަކީ 11،538،660.13 ރުފިޔާއެވެ. ފުރަތަމަ ބުރުގައި ދޫކޮށްފައިވަނީ 2،855،082.69 އެވެ. އިތުރަށް ލިބެންޖެހޭ 8،683،577.44 ރުފިޔާވަނީ ހިފަހައްޓާފައެވެ. މިއީ ޕާޓީގެ މައްސަލައެއް މިވަގުތު ކޯޓުގައި ކުރިއަށް ދާތީ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ބުނެފައެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި 2017ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ތިބީ 10،537 މެންބަރުންނެެވެ. ފުރަތަމަ ބުރުގައި މި ޕާޓީ އަށް ދޫކޮށްފައިވަނީ 655،925.13 ރުފިޔާއެވެ. ދެވަނަ ބުރުގައި ދޫކޮށްފައިވަނީ 1،994،960.3 ރުފިޔާއެވެ. ޕާޓީ އަށް ލިބެންޖެހޭ ޖުމްލަ ފައިސާގެ އަދަދަކި 2،650،885.46 ރުފިޔާއެވެ. ބޮަލަކަށް ޖެހޭ މިންވަރަކީ 251. 58 އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި 2017ވަނަ އަހރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ތިބި މެންބަރުންގެ އަދަދަކީ 10225 އެވެ. މި ޕާޓީއަށް ލިބެންޖެހޭ ޖުމްލަ 2،572،392.89 ރުފިޔާގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކޮށްފައިވަނީ 636،503.23 ރުފިޔާއެވެ. އަދި މިއަދު ދޫކޮށްފައިވަނީ 1،935،889.66 ރުފިޔާއެވެ. ފައިސާ ބެހުމުން ބޮަލަކަށް ޖެހޭ މިންވަރަކީ 251.58 ރުފިޔާ އެވެ.