ރައީސް ނަޝީދު މާލެއަށް ދަތުރުފުޅު ފަށްޓަވައިފި

އަމިއްލަ އަށް އަރުވާލެވިގެން ގިނަ ދުވަސްތަކެއްވަންްދެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށްފަހު ކުރީގެ ރައީސް މުޙައްމަދް ނަޝީދު މާލެ ވަޑައިގެންނެވުމަށް ދަތުރުުފުޅު ފަަށްޓަވައިފިއެވެ. ޓެރަރިޒަމްގެ ދަޢުވާ ސާބިތުވެ 2015ވަނަ އަހަރު އެމަނިކުފާނަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވުނެވެ. ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވަމުން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ 2016ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މެދެއްހައި ތާނގައެވެ.

ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވާއރު އެމަނިކުފަނުގެ އަރިހުގައި އިންޠިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގަންނަވާނެއެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ކުލަގަދަ ހަރަކާތްތަކެއް އެމްޑީޕީ އިން ވަނީ ރާވާފައެވެ. މިއަދު މާލެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު ހަވީރު 6 ޖަހާއިރު ނޫސްވެރީންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވަ ޙުކުމް ތަންފީޒުކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ވަނީ އަމުރުކުރައްވާފައެވެ.  

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.