ސޮނާލީ އެނބުރި މަސައްކަތަށް ނިކުންނަން ތައްޔާރު

ސޮނާލީ ނިއުޔޯކުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ ގާތްގަނޑަކަށް ފަސް މަސް ދުވަސް ވީއެވެ. އޭނާ ދިޔައީ އިހުސާސްތައް ސޯޝަލްމީޑިއާގައި ޝެއަރ ކުރަމުންނެވެ، ބޮލީވުޑްގެ ފަންނާނުންނާއި ގާތަ ރައްޓެހިން ބަރާބަރަށް އޭނާ އަށް ޒިޔާރަތް ކުރަމުން ވެސް ދިޔައެވެ. އެންމެ ފަހުން އޭނާ އަށް ޒިޔާރަތް ކުރީ ކުރީގެ ތަރި ނަމްރަތާ ޝިރޯދްކަރް އެވެ. ސޮނާލީ އާއި ނަމްރަތާގެ ބައްދަލުވުމަށް ފަހު ދުވަހު ނޫހަކަށް ނަމްރަތާ މައުލޫމާތު ދީފައިވާ ގޮތުގައި ސޮނާލީގެ ބަލި މިހަރު އަންނަނީ ރަނގަޅު ވަމުންނެވެ، އަދި މަސައްކަތަށް އެނބުރި އަންނާނެ ކަމަށްވެސް ނަމްރަތާ ބުނެފައިވެއެވެ. އަދި އޭނާވަނީ ސޮނާލީ ގެ ހިތްވަރަށް ތައުރީފު ކޮށްފައެވެ.

ސޮނާލީ އަށް ވުރެ ކުރީން އިރްފާން ޚާން ވަނީ ނިއުޔޯކުގައި ބޭސްފަރުވާ ހޯދަން ފަށާފައެވެ، އިރްފާންގެ ހާލުވެސް ރަނގަޅުވެ ވަރަށް އަވަހަށް މަސައްކަތަށް އެނބރު އަންނާނެ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެއެވެ.

ރިޝީ ކަޕޫރްވެސް މިވަގުތު ދަނީ ނިއުޔޯކުގަިއ ބޭސްފަރުވާ ހޯދަމުންނެވެ. ރިޝީ ވެސް ފަރުވާ ހޯދަނީ ކެންސަރު ބައްޔަށް ކަމަށް މިޑިއާގައި ޚަބަރު ފެތުރުނު ނަމަވެސް އޭނާގެ ބޭބެ ރަންދީރް ކަޕޫރް ވަނީ އެޚަބަރުތައް ދޮގުކޮށްފައެވެ. ރިޝީ އަށް އައިސްފައިވާ ކުއްލި ބަދަލާ ގުޅޭ ގޮތުން އޭނާއަށް ތާއީދުކުރާ މީހުން ކަންބޮޑުވުން ފާޅު ކުރުމުން އޭނާ ބުނެފައިވަނީ ފިލްމަކަށް ތައްޔާރުވާތީ އެފިލްމުގެ ލުކް ކަމުގައެވެ.

ރިޝީ ކަޕޫރް: 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.